ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް އޭނާގެ އެއްމާބަނޑު ދެ ކުދިންގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
އެކުދިން އުފަންވީ ފެބްރުއަރީ 7 ގައި ނަމަވެސް، އެ ޚަބަރު އާންމު ކޮށްފައިވަނީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ކަރަން ޖޯހަރް ޓްވިޓާ މެދުވެރިކޮށް ކުރި ޕޯސްޓަކުންނެވެ.
ކަރަން ޖޯހަރް އަށް ލިބިފައިވަނީ އެއް ފިރިހެން ކުއްޖަކާއި އެއް އަންހެން ކުއްޖެކެވެ. ފިރިހެން ކުއްޖާ އަށް ދީފައިވާ ނަމަކީ ޔަޝް އަދި އަންހެން ދަރިފުޅަށް ކިޔަނީ ރޫހީ އެވެ.
ޔަޝް އާއި ރޫހީގެ އެންމެ ފުރަތަމަ ފޮޓޯ ކަރަން ޖޯހަރް ދުނިޔެއާއި ހިއްސާ ކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
އެ ފޮޓޯއިން ދެކުދިންގެ މޫނު ނުފެނުނު ކަމުގައި ވިޔަސް، ދެކުދިން އަތުގުޅާލައިގެން ތިބި މަންޒަރު ފެނެއެވެ.
ކަރަން ޖޯހަރް މިހާރު ދަނީ ނިއު ޔޯކްގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.