Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އެޗްއާރްއެޗްގައި ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ސިޒޭރިއަން ހެދި 19 އަހަރުގެ އަންހެނަކު ނިޔާވިކަން ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އަދި ސިޒޭރިއަނަށް ފަހު ނެގި ތުއްތު ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އެ ކުއްޖާއަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އެ ކުއްޖާގެ ހާލާއި ބެހޭގޮތުން އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.

ފުލުހުންގެ ސަދަން ރީޖަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ، ސިޒޭރިއަން ހެދުމަށް ފަހު ނިޔާވި އަންހެން މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރިކޯޑް އޮތް މީހެއް ކަމަށެވެ.