Last Updated: July 26, 18:11
Sunday, July 26, 2026
ސިޔާސީ

އިބްރާހިމްދީ ހައްޔަރު ކުރަނީ

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމްދީދީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދާފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އިބްރާހިމްދީދީ ހައްޔަރު ކުރުމަށް އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދާފައެވެ. މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަލީ ނިޒާރު ވެސް ވަނީ އިބްރާހިމްދީދީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އިބްރާހިމްދީދީ ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރެފައިވާ ކަމަށް ބުނާ ވާހަކަ ތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާނެއެވެ.

އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އަދި ފަހުން ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް ދީދީގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.