މިހަފްތާ ނިމުމުގެ ކުރިން ރާއްޖޭގައި ބޮޑު ކަމެއް ހިނގާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިގޮތަށް ވިދާޅުވެފައިވަނީ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަން ރައީސް ވިދާޅެއް ނުވެއެވެ.
ރައީސް މިގޮތަށް ވިދާޅުވި އިރު އެމަނިކުފާންއަށް ބޮޑު ބޭބެ ވިދާޅުވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އިއްޔެ ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. އަދި ރޭ ޕީޕީއެމްގެ ހަތަރު މެމްބަރެއްގެ ގޮޑި ގެއްލިފައިވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖްލީހަށް ފޮނުވާފައިވާ އިރު ޕީޕީއެމްއަށް ވަނީ މަޖްލިސްގެ މެޖޯރިޓީ ގެއްލިފައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަސީހުގެ ވޯޓު ފަސޭހަ ކަމާއި އެކު ކާމިޔާބް ކުރާނެކަމަށެވެ.