Last Updated: March 29, 11:08
Friday, March 29, 2024
ޚަބަރު

އެޖެންޑާ ކުރި މަސީހުގެ އިތުބާރުގެ ޖަލްސާ ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ނުބާއްވާނެކަން ޔަގީންވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ޖަލްސާ 24 ވަނަ ދުވަހު ނުބާއްވާނެކަން ޔަގީންވީ މާދަމާ މެންދުރު ބާއްވަން ނިންމި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސްގެ ވަގުތު ކަނޑައެޅުމަށް ބާއްވަން އުޅުނު ބައްދަލުވުން ކެންސަލް ކުރުމުންނެވެ. އެ ބައްދަލުވުން ކެންސަލް ކުރި ކަން މަޖްލިސްއިންވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.

މަސީހު ވަކި ކުރުމުގެ މައްސަލަ ނުބާއްވާނެކަން މިހާރު ޔަގީން ވެފައިވާ އިރު ރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މިހަފްތާގައި ރާއްޖޭގައި ބޮޑު ކަމެއް ހިނގާނެކަމަށެވެ. އަދި ރޭގެ ބައްދަލުވުމުގައި މަޖްލިސްގެ 4 މެމްބަރެއްގެ ގޮޑި ގެއްލިފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް 45 މެމްބަރަކު ސޮއި ކޮށް ހުށަހަޅާފައިވާ އިރު ފަސޭހަ ކަމާއި އެކު ވޯޓު ކާމިޔާބް ކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.