ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދިރިއުޅުއްވާ މ. ސްނޯރޯސްގެ ހަވަނަ ފަންގިފިލާ އަނެއްކާވެސް ފުލުހުން ފާސްކުރަން ފުލުހުން ގޮސްފި އެވެ.
ފުލުހުން ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސް ކުރަން މިއަދު ދިޔަ އިރު، ކޯޓް އަމުރެއް ނެރުމުން އެ ގެއަށް އަދި ވަނީ ވަދެވޭ ގޮތް ނުވެފަ އެވެ.
އިއްޔެވެސް ފުލުހުން ވަނީ 3 ގަޑިއިރު ވަންދެން ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. އެގެއިން ބައެއް ސާމާން ފުލުހުންވަނީ ގެންގޮސްފައެވެ.
މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި އިއްޔެ ފާރިސް ހައްޔަރު ކުރައްވާފައިވާ އިރު އެގެއިން ގެންދިޔަ ތަކެތީގެ ތެރޭގައި ޕެންޑްރައިވްއެއް ހިމެނޭ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.
ތަފްސީލް އަންނަނީ…