Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މެމްބަރެއްގެ ގޮނޑި ގެއްލުނުކަން ނާންގާ: މަޖިލިސް

އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އަދި ސުޕްރީމް ކޯޓުންވެސް މިހާތަނަށް އަންގާފައިނުވާ ކަމަށް މަޖިލީހުގެ އަމީން އާންމުއާއި ހަވާލާދީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ މަޖިލީހުގެ އަމީން އާންމު ކައިރިން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވޭތޯ ސުވާލުކުރުމުން އެފަދަ އެއްވެސް އެންގުމެއް މަޖިލީހަކަށް އަންގާފައިނުވާ ކަމަށް އަމީން އާންމު ޖަވާބު ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް ޕީޕީއެމްއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހަތަރު މެމްބަރަކު ޕާޓީން ވަކިކޮށްފައިވާ ކަމަށް އަންގާފައެވެ. ސުޕްރީމް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ އިންތިޚާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމަށް ހުކުމްކޮށްފައެވެ.