Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

އެކްސްޕޯސްގެ އުމުރާ ދަތުރު ހުޅުދޫ މީހަކަށް

މިދިޔަ ހަފުތާގައި ހައިރައިޒުން ބޭއްވި ވެކޭޝަންސް އެކްސްޕޯގައި މުސާފިރީން އުމްރާ ގްރޫޕުން ހުށަހެޅި އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ހުޅުދޫ މީހަކު ހޮވިއްޖެއެވެ.

އުމުރާ ދަތުރު ލިބުނީ އައިޝަތުދީދީއަށެވެ.

ހައިރައިޒުން ވަނީ މިހާރު އޭނާއާ އިނާމު ހަވާލު ވެސްކޮށްފަ އެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ އުމްރާ އަށް އިނާމު ލިބުނު މީހާ ގެންދާނެ މުސާފިރިން އުމްރާ ގްރޫޕުން ބުނެފައިވެ އެވެ.

މުސާފިރީން އުމްރާ ގްރޫޕުން އާންމުކޮށް އުމްރާ ދަތުރުތަކަށް މީހުން ގެންދަނީ 25،000ރ. އެވެ.