Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އީސީން ސުޕްރީމް ކޯޓްގެ ޙުރުމަތް ކަނޑާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކަށް ގޮންޖަހައި، އެ ކޯޓުގެ ޙުރުމަތް ކަނޑާލައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާއެކު ގޮނޑި ގެއްލިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

އިލެކްޝަންސް ކޮމިޝަނުން، މި ހަތަރު މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް ނިންމާފައިވާއިރު މިއީ، ދާދި ފަހުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކާއި ޚިލާފު ކަމެކެވެ.

ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އިލެކްޝަަސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަނުން މިހެން ބުނި ނަމަވެސް، މާޒީވެފައިވާ ކަމަކަށް އެ ހުކުމް ނުހިނގާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވަނީ ޕާޓީ އިން ވަކިވެވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމަކަށް ގޮންޖަހައި ބައި އިލެކްޝަންސް ތަކެއް ބޭއްވުމަށް އިއުލާން ކޮށްފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މެދު ސުޕްރީމް ކޯޓުން ވަނީ ފިޔަވަޅު އަޅާފައެވެ.