* ދޯޅަނބު އާއި ލުނބޯ

އެއް ލުނބޯ ގައި އެކުލެވިގެން ވަނީ އެންމެ 1-2 ގްރާމް ހަކުރެވެ. ވިޓަމިން ސީ އިން ފުރިގެންވާ މި ދެ މޭވާ އަކީ ހެނދުނުގެ ނާސްތާގެ ގޮތުގައި ތާފެނާފެން ތަށްޓަކަށް އޭގެ ހުތް އަޅައިގެން ބުއިން ރަނގަޅު އެއްޗެކެވެ.
* ސްޓްރޯބެރީ

އެއް ޖޯޑް ސްޓްރޯބެރީގައި ހިމެނެނީ އެންމެ 7 ގްރާމް ހަކުރެވެ. ވިޓަމިން ސީ ވެސް އެކުލެވިގެންވާ މި މޭވާ އިން ސްމޫތީ ހެދުމުގެ ބަދަލުގައި ހުހަށް ކެއުން މާ ރަނގަޅުވާނެ އެވެ.
* ބްލެކްބެރީ

އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ މި މޭވާގެ އެއް ޖޯޑް ގައި ހިމެނެނީ އެންމެ 7 ގްރާމް ހަކުރެވެ.
* ކިވީ

ފެހި ކުލައިގެ މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. އަދި އެއް ކިވީގައި ހިމެނެނީ އެންމެ 6 ގްރާމް ހަކުރެވެ.
* ބަންބުޅަ ބޮސް

މިއީ ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ ހުތް މޭވާއެކެވެ. އަދި މީގެ މެދު ސައިޒުގެ މޭވާއެއްގެ ½ ގައި ހިމެނެނީ އެންމެ 9 ގްރާމް ހަކުރެވެ.
* ކަރާ

ލޮލަށާއި ބަނޑަށް ވެސް ފިނިކަން ގެނެސްދޭ މި މޭވާ އަކީ ގިނަ އަދަދަކަށް އަޔަން އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން އެއް ޖޯޑް ކަރާ (ކޮށާފައި) ގައި ހިމެނެނީ 10 ގްރާމަށްވުރެ މަދު ހަކުރެވެ.
* އޮރެންޖް

ލުއިކާނާއެއްގެ ގޮތުގައި އާންމުކޮށް ކައި އުޅޭ މި މޭވާގައި ވެސް ވިޓަމިން ސީ ހުރެއެވެ. މީގެ އިތުރުން އެއް އޮރެންޖްގައި ހިމެނެނީ ގާތްގަނޑަކަށް 12 ގްރާމް ހަކުރެވެ.
* ޕީޗް

ޕީޗް އަކީ ފުދޭވަރަކަށް ފޮނި ރަހަދޭ މޭވާއެކެވެ. މެދު ސައިޒުގެ ކިވީއެއްގައި ހިމެނެނީ 13 ގްރާމަށްވުރެ މަދު ހަކުރުކޮޅެކެވެ.