Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ޓޮޕީގެ އެކްސިޑެންޓް ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ލިންކް ރޯޑްގައި ބަހެއްގެ ދަށުގައި ވެ ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދަނިކޮށް މަރުވި މުހައްމަދު ޝިފާޒް (ޓޮޕީ) އެކްސިޑެންޓްވި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫގައި ހަރަކާތްތެރި ވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ އާ ގުޅޮގެން ފުލުހުންގެ މައްޗަށް ވެސް ބައެއް ފަރާތްތަކން ތހުމަތު އިނގިލި ދިއްކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ަެއެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ ފުލުހުން، ބަހާ ދިމާއަށް ޓޮޕީ ކޮއްޕާލުމުން ބަހުގެ ދަށުގައިވީ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ފުލުހުން އުފުލަން ޖެހޭނެ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ޓޮޕީ އެކްސިޑެންޓްވީ އޭނާ ހެލްމެޓް ވެސް ނާޅައި ބާރު ސްޕީޑްގައި ހިތަދު އަށް ދާން ދުއްވަނިކޮށް، ލިންކް ރޯޑް ކުނިކޮށި ސަރަހައްދުގައި ފުލުހުންގެ ޗެކްޕޮއިންޓެއް ހުރި ތަން ފެނިގެން އަނބުރާލާފައި އައި ކޮޅަށް ދުއްވަނިކޮށް ހިތަދު އަށް ދަތުރު ކުރަމުން ދިޔަ ބަހުގެ ދަށުގައި ވެގެން ކަމަށެވެ.

މި ހާދިސާގައި ޝިފާޒަށް ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާ ދުއްވި ސައިކަލު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.