Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

މޮރާޓާ ޗެލްސީ އަށް

ސްޕެއިންގެ ރެއަލް މެޑްރިޑަށް ކުޅެމުން އައި އަލަވާރޯ މޮރާޓާ ހޯދުމަށް އިނގިރޭސި ވިލާތުގެ ޗެލްސީއިން ކުރަމުން އައި މަސައްކަތް ކާމިޔާބުވެ ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަށް އާދެވިއްޖެއެވެ.

އިނގިރޭސި މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރެއަލް އިން ގަބޫލުކޮށްފައިވަނީ ޗެލްސީއިން ހުށައެޅި 60 މިލިއަން ޕައުންޑުގެ ބިޑެކެވެ. ޗެލްސީއިން ދެން އޮތީ މޮރާޓާއާ ކުލަބާ ދެމެދު އެއްބަސްވުމަކަށް އައިސް، ސޮއިކުރުމެވެ.

ޓްރާންސްފާ ސީޒަނުގެ ކުރީކޮޅު މެން ޔުނައިޓެޑުން މޮރާޓާ ގެނައުމަށް މަސައްކަތް ކުރި ކަމަށް އޭރު ވަނީ ޚަބަރު ފެތުރިފައެވެ. ނަމަވެސް ރެއަލް އިން ވަނީ ޔުނައިޓެޑުން ހުށައެޅި އަގު މާ ކުޑަ ކަމަށްބުނެ އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް ޗެލްސީއާއި މިހާރު ރެއާލްއިން އެއްބަސްވެފައިވަނީ ޔުނައިޓެޑުން ހުށައެޅި އަގާއި ކައިރި އަގެކެވެ.

ޗެލްސީގެ މެނޭޖަރު ކޮންޓޭއާ ޗެލްސީގެ ފޯވާޑް ޑިއެގޯ ކޯސްޓާއާ މައްސަލަ ޖެހި ކޯސްޓާ ދޫކޮށްލުމަށް އޭނާ ވަނީ ނިންމާފައެވެ. އެހެންކަމުން އަންނަ ސީޒަނުގައި ކޮސްޓާގެ މަގާމުު ފުރާނީ މޮރާޓާއެވެ.