Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ދައުލަތުން ގެއްލޭ ފައިސާ ހޯދަން ކަމިޝަނެއް އުފައްދައިފި

ދިވެހި ސަރުކާރުން ގެއްލިފައިވާ ފައިސާ ހޯދުމަށް ހާއްސަ ކަމިޝަނެއް ރައީސުލްޖުމްހުރިއްޔާ އުފައްދަވައިފި އެވެ.

"ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ" ގެ ނަމުގައި ކަމިޝަނެއް ސަރުކާރުން އުފެއްދެވިކަން އިއްލާން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއެވެ.

މި ކޮމިޝަންގައި ހިމެނި ވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒާއި ހަދީޖާ ހުސެއިނާއި އިބްރާހިމް މަހްފޫޒް އަދި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.

އަނިލް ވިދާޅުވީ މި ކޮމިޝަންގެ މަސައްކަތަކަށްވާނީ އެންޓި ކަރަޕްޝަން ކަމިޝަނާއި، އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުއްވާ ރިޕޯޓްތަކުގައި ދައުލަތަށް ލިބެން ޖެހޭކަމަށް ފާހަގަކޮށްފައިވާ ފައިސާ ހޯދުން ކަމަށެވެ.