ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއިކުރި ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ޝިނާން ޕާޓީން ވަކިކޮށް މަޖިލީހަށް ޕީޕީއެމުން އަންގައިފިއެވެ.
ޝިނާނާއި އިލްހާމްވެސް ވަނީ ޕާޓީން ވަކިވެފައިވާ ކަމަށްބުނެ ރައީސުލް ޖުމުހޫރިއްޔާއަށް މީގެ ކުރިން ސިޓީ ފޮނުވާފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ ދެ މެމްބަރުން ވަކިކޮށްނުދީ މަޑުކޮށްފައެވެ.
ޕާޓީން ދެމެމްބަރުން ވަކިކުރުމާއި އެކު ދެމެމްބަރުންވެސް ތަމްސީލު ކުރައްވަމުން ގެންދެވި ގޮނޑި ގެއްލޭނެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދެ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައެއްނުވެއެވެ.