މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ސ. ހިތަދޫ މީހަކު ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.
ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ހިތަދޫ އީޒީރެސްޓް އަހުމަދު ޝަރީފް އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ފެބްރުއަރީ 10، 2009 ގައި ހިތަދޫ “ޕެނަލްޓީ ފިހާރަ” ކައިރީ ޝަރީފް ހުއްޓާ ފުލުހުން އޭނާ ހައްޔަރުކޮށް ޗެކް ކުރި އިރު އޭނާގެ އަތުގައި ޗުވިންގަމް ކަރުދާހެއް އޮއްވާ ފެނުނު ކަމަށް ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ްއަދި އޭނާގެ އަތުން ފެނުނު އެ ކަރުދާހުގައި ހުރި ތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު 0.0121 ގްރާމް އޯޕީއޭޓްސް އާއި 0.0017 ގްރާމް ކެނަބިސް ހުރިކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އެ ހުކުމްގައިވެ އެވެ.