Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުން ޔުނައިޓެޑަށް

ޕްރީ ސީޒަނުގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗު 0-2 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ހާފުގައި ލުކާކޫ އަދި ރަޝްފޮޑް ކާމިޔާބުކުރި ދެ ގޯލާއެކު ޔުނައިޓެޑުން މެޗުން މޮޅުވެފައިވާއިރު މުޅި މެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ނަމަވެސް ގިނަ ހަމަލާ އުފައްދައި ގޯލަށް ނުރައްކާ ކޮށްފައިވަނީ ފުރަތަމަ ހާފުގައި ޔުނައިޓެޑެވެ. ސިޓީއިން ދެވަނަ ހާފުގައި ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުގެ ޑިފެންސް ވަނީ މޮޅު ކުޅުމެއް ދައްކައި، ސިޓީ ހިފަހައްޓާފައެވެ.

ޔުނައިޓެޑު ދެން ކުޅެން ޖެހޭނީ އާދީއްތަ ދުވަހު ހެނދުނު ޔޫރަޕުގެ ޗެމްޕިއަން ރިއަލް މެޑްރިޑާއިއެވެ.