Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބައެއް މެމްބަރުން ތިބީ ވަކިވެފައި ކަމަށް އަނިލް ވިދާޅުވި: ޑޯރިސް

އިނގިރޭސި ވިލާތުން ރާއްޖެއަށާއި ލަންކާއަާށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑޯރިސް

ޕީޕީއެމްގެ ބައެއް މެމްބަރުން ޕާޓީން ވަކިވެފައިވާ ކަމަށް ބަންޑާރަ ނައިބު އަނިލް މިދިޔަ މޭ މަހުގެ ތެރޭގައި ވިދާޅުވިކަމަށް އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ޑޯރިސް މިހެން ވިދާޅުވެފައިވަނީ ހަތަރު މެމްބަރުން ޕީޕީއެމުން ވަކިކޮށް، އެމެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށް އެދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށްވެސް ނިންމާފައިވަނިކޮށެވެ.

މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު ދިވެހި ސަރުކާރުގެ އީޔޫގެ ވަފުދާއި ބައްދަލުކޮށް ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ބައެއް މެމްބަރުން ޕާޓީން ވަކިވެފައިވާ ކަމަށް އަނިލް ވިދާޅުވިކަމަށް ޑޯރިސް ވަނީ ޓުވީޓެއް ކުރައްވާފައެވެ.

ނަމަވެސް މިހަފްތާ ތެރޭގައި ޕީޕީއެމުން އެމެމްބަރުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައި ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ވަނީ ކަނޑައަޅާފައެވެ.

ރޭގެ ވަގުތެއްގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންވެސް ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް ވަނީ އަންގާފައެވެ.