Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

"އިންތިހާބަކާ ނުލައި ޔާމީންގެ ވެރިކަން ބަދަލު ނުކުރެވޭނެ"

އިންތިހާބަކާއި ނުލައި ރައީސް ޔާމީންގެ ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވެރިކަމުން އަޒަލު ކުރަން ޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަކާއި ނުލައި ޔާމީންގެ ވެރިކަން ބަދަލު ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށެވެ.

ރިޔާޒު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ފޮރޮޅާލިއިރު އޭރުގެ އިދިކޮޅު ފަރާތްތަކާއި އެކު ކޮންމެ ދުވަހު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރެއްވި ބޭފުޅެކެވެ.

ރިޔާޒުއަކީ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް ބޭފުޅެވެ. އަދި ޕީޕީއެމް ޕާލިމެންޓްރީގައި ހިމެނި ވަޑައިގަންނަވާ އެންމެ އެކްޓިވް މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. ނަމަވެސް މިފަހުން ރިޔާޒުގެ އަޑު މިވަނީ މަޑުވެފައެވެ.