Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މެމްބަރު އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ އޮފީސް ސަރަހައްދުގައި ބޭއްވި "ހަވީރު ސައިފޮދު" ހިނގާލުމަކަށް ބަދަލުވެ، ހިގާލުން ފެށުނު ތަނުން ހިނގާލުން ލީޑް ކުރަމުން ދިޔަ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

އާޒިމް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ އެތަނަށް އެއްވި މީހުންނާއި މުހާޠަބް ކުރައްވަމުން "ހައްގު ހޯދުމަށް" މަގު މައްޗަށް ނިކުންނަން ޖެހޭ ކަމަށާއި އަނިޔާ ލިބިގަންނަން ޖެހޭކަމަށް ވިދާޅުވަމުންނެވެ.

އާޒިމް ކުރީ ސަފުގައި ހުންނަވައިގެން ހިނގާލުން މަޖީދީ މަގަށް ނިކުތް ތަނުން ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ހުރަސް އެޅޭ ގޮތަށް އަތާއި އަތް ގުޅައި މަގު ބަންދުކޮށްފައެވެ.

ފުލުހުން އާޒިމް ގެންގޮސްފައިވަނީ އެއްވެ ތިބި މީހުންގެ ތެރެއަށް ޕެޕަ ސްޕްރޭ ޖެހުމަށްފަހުއެވެ.

އާޒިމް ހައްޔަރު ކުރި ވަގުތު ކޮންމެވެސް ވަރަކަށް ފުލުހުންނާއި އާއްމުންނާއި ދެމެދު ހަމަ ނުޖެހުން ހިނގާފައިވެއެވެ.

މަޖީދީ މަގުގައި ހުންނަ "ޖެލީ" ކުރިމަތީގައި ފުލުހުން ތިބި އިރު މި ސަރަހައްދުގައި އެއްވެ ތިބި މީހުން ފޮނުވާލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީސް ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވާއިރު މިއަދު އެމްޑީޕީގެ ބައެއް ގޮފި ތަކުގެ އިންތިހާބްގެ ކަންކަން އެމްޑީޕީ އޮފީހުގައި ކުރިއަށް ގެންދެއެވެ.

ތަފްސީލް އަންނަނީ….