އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަމަށްވާ ޝޯން ސްޕައިސާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެގޮތުން ސްޕައިސް އިސްތިއުފާ ދެއްވީ އާ ކޮމިއުނިކޭޝަންސް ޑައިރެކްޓަރަކު ރައީސް ޑޯނަލްޑް ޓްރަމްޕް އައްޔަން ކުރެއްވުމުން ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓް ކުރެއެވެ.
ސްޕައިސާ ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވި އެ މަޤާމަށް މިހާރު ވަނީ ކޮމްބޭޓިވް ވޯލް ސްޓްރީޓްގެ ފައިނޭންސަރ ކަމަށްވާ އެންތޮނީ ސްކެރަމުޗީ އައްޔަން ކުރައްވާފައެވެ.
ސްޕައިސާގެ ޕްރެސް އިންޓަވިއުތަކަކީ ނޫސް ޗެނަލްތަކުގައި ވަރަށް ބޮޑު ހިޓެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ކެމެރާއިން ދުރަށްޖެހިލައްވާފައެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓް ކުރާ ގޮތުގައި ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަޤާމަށް ސްކެރަމުޗީ އައްޔަން ކުރެއްވުމާއިމެދު ސްޕައިސާ ވަރަށް ހަރުކަށިކަމާއި އެކު ދެކޮޅު ހެއްދެވިއެވެ. ސްޕައިސާ ޤަބޫލުކުރައްވާ ގޮތުގައި ސްކެރަމުޗީ އެމަޤާމަށް އައްޔަން ކުރެއްވުމަކީ ވަރަށް ބޮޑު ކުށެކެވެ.