Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

ބީބާގެ ޝޯތައް ޗައިނާގައި މަނާ

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޗައިނާގައި ތަމްސީލުކުރުން މަނާކޮށްފި ކަމަށް ބެއިޖިންގް ގައި ހުންނަ އެޤައުމުގެ ކަލްޗުރަލް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ކަލްޗާ (އެމްއޯސީ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން "ނުރަނގަޅު އަޚްލާޤް" ގައި ޝާމިލްވެފައިވާ ފަންނާނުން ތަމްސީލް ކުރުމުގެ ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ.

"ޖަސްޓިން ބީބާ އަކީ ހުނަރުވެރި ލަވަކިޔުންތެރިއެއް. އެހެންނަމަވެސް އޭނާ އަކީ ކޮންޓްރޮވާޝަލް ޒުވާން ބިދޭސީ ލަވަކިޔުންތެރިއެއް"، އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އެ ބަޔާން އެމްއޯސީ އިން ނެރެފައި ވަނީ އެ ބިއުރޯގެ ވެބްސައިޓްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދިނުމުގެ ގޮތުންނެވެ.

"ޖަސްޓިން ބީބާ ތަސައްރަފް ފުދެމުން ދާ ވަރަކަށް އޭނާގެ އަމިއްލަ ބަހުރުވައާއި ޢަމަލުތައް ވެސް އިތުރަށް ރަނގަޅުކޮށް، ހަޤީގަތުގައި ވެސް އާންމުން ލޯބިވާ ކަހަލަ ލަވަކިޔުންތެރިއަކަށް ވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން"، އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް މީގެ ކުރިން 2013 ވަނަ އަހަރު ޖަސްޓިން ބީބާ ވަނީ އޭނާގެ މިއުޒިކް ޓުއާގައި ޗައިނާގައި ޝޯތައް ހުށައަޅައިދީފައެވެ.