Last Updated: June 29, 21:20
Monday, June 29, 2026
މުނިފޫހިފިލުވުން

"ޖަބް ހެރީ މެޓް ސޭޖަލް" ގެ ޓްރެއިލާ ދައްކާލައިފި

ގިފުލުފުލުގައި މިނީ ޓްރެއިލާތަކެއް ދައްކާލައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް އަނުޝްކާ ޝަރްމާ އާއި ޝާހްރުކް ހާން ލީޑް ރޯލް ކުޅެފައިވާ "ޖަބް ހެރީ މެޓް ސޭޖަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެގޮތުން އެ ފިލްމްގެ ޓްރެއިލާ ލޯންޗް ކޮށްފައި ވަނީ މުމްބާއީ ގައެވެ. އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާގައި ފިލްމްގެ ކާސްޓް އަދި ކްރޫ މެމްބަރުން ވަނީ މީޑިއާއާ ވާހަކަ ދައްކައިފަ އެވެ.

މި ވަގުތު އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންދާ ޝާހްރުކް ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް އޯޑިއެންސާއި ވާހަކަ ދައްކައިފައެ ވެ.

ޓްރެއިލާ އިން ފެނިގެންދަނީ އިއްތިފާގުން ހެރީ އާއި ސޭޖަލް ދިމާވެ، ރަހުމަތްތެރިކަމުގެ ގުޅުން އުފެދި އެ ގުޅުން ލޯތްބަށް ބަދަލުވެގެންދާ މަންޒަރެވެ.

އޭނާގެ ހަޤީގީ ލޯބިވެރިޔާ ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހެރީ އަށް ސޭޖަލް ދެކެ ލޯބިވެވެ އެވެ. އެހެން ނަމަވެސް ހަޤީގަތުގައި ސޭޖަލް މަސައްކަތް ކުރަނީ ގެއްލިފައިވާ އޭނާގެ އެންގޭޖްމެންޓް އަނގޮޓި ހޯދުމަށެވެ.

ޝާހް ގެ 25 އަހަރުގެ ފިލްމީ ކެރިއަރުގައި އަލަށް އޭނާ ސަރްދާރެއްގެ ރޯލުން ފެނިގެންދާނީ މި ފިލްމުންނެވެ. އަދި އަނުޝްކާ ފެނިގެންދާނީ ގުޖްރާތީ އަންހެން ކުއްޖެއްގެ ގޮތުގައެވެ.

ރެޑް ޗިލީސް އެންޓަޓެއިންމެންޓް އިން ގެނެސްދޭ ފިލްމް 'ޖަބް ހެރީ މެޓް ސޭޖަލް' ޑައިރެކްޓްކޮށްފައި ވަނީ އިމްތިއާޒް އަލީ އެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު އެވެ.