Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންވެސްޓްމެންޓް ހުއްޓުވަން ބުނީ ނާތަހުޒީބުކަމުން: ސައީދު

އިދިކޮޅު ފާރާތްތަކުގެ ވެރިކަމެއްގައި މިސަރުކާރުން ފައްޓަވާފައިވާ ޗައިނާ އިންވެސްޓުމެންޓުތައް ހުއްޓުވާނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ނާތަހުޒީބު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއް ޖެއެވެ.

ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައި އިންވެސްޓްމެންޓު ހުއްޓުވައި، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވުމަކީ ވަރަށް ނާތަހުޒީބު ސިފައެއް ކަމަށެވެ.

މިސަރުކާރުގައި ޗައިނާއިން ރާއްޖެއަށް ގިނަ އިންވެސްޓުމެންޓުތަކެއް ކޮށް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފަށާފައިވެއެވެ. ނަމަވެސް ބައެއް މަޝްރޫއުތައް ނުނިމި، މަޑުޖެހެމުންދާތަން މިއަދު ރާއްޖޭގެ އެކި ދިމާލުން ފެންނަމުން ދެއެވެ.