Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބީއެމްއެލްގެ އަހަރީ ޖަލްސާ އޮގަސްޓް 23 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނިމިގެން ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 23 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުން ކުންފުންޏަށް ރެކޯޑް އެއް ބިލިއަން ރުފިޔާގެ ފައިދާ ވެފައިވާއިރު މިޖަލްސާގައި ވިޔަފާރީގެ ފައިދާއިން ހިއްސާ ބެހުމަށް ހަމަޖެހިފައިވެ އެވެ.

ބޭންކުން ބުނެފައިވާ ގޮތުގައި މިއަހަރު ހިއްސާއަކަށް 20 ރ. ގެ މަގުން 107.6 މިލިއަން ރުފިޔާ ބެހުމަށް ހަމަޖެހިފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ވިޔަފާރީގެ ފައިދާއިން ބަހާފައިވަނީ ހިއްސާއަކަށް 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާއެވެ. ބީއެމްއެލް އިން ވަނީ މިއަހަރު ތެރޭގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އަހަރެންގެ ބޭންކު" ކެމްޕޭނުގައި ގިނަގުނަ އިންވެސްޓުމެންޓުތަކެއް ކޮށްފައެވެ.