Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ކުރީގެ ޕީޖީ މުހުތާޒަށް އޭޑީކޭގައި ފަރުވާ ދެނީ

ކުރީގެ ޕީޖީ މުހުތާޒު ކޯޓަށް ހާޒިރު ކުރަނީ، މިހާރު އޮންނެވީ ދިގު މުއްދަތަކަށް ޖަލަށް ލެވިފައި. ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާ އުފުއްލެވި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިނަށް އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ މުހުތާޒު އޭޑީކޭގައި ފަރުވާ ދެމުން ދަނީ މައިބަދައިގެ މައްސަލައަކާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒު އަކީ ކުރިން ވެސް މައިބަދައިގެ މައްސަލަ ހުންނަ ފަރާތެކެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވި ފަހުންވެސް މުހުތާޒު ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.