Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

ފޮޓޯ: ހުސެއިން ސިނާން

މާލޭގައި ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮސްލި ޒުވާނަކަށް އައިޖީއެމްޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ނަލަހިޔާ" ކައިރިން ޒަހަމްކޮށްލާފައިވަނީ 22 އަހަރުގެ ޒުވާނެކެވެ.

މާލޭގައި މިދުވަސްކޮޅު މާރާމާރީ އިތުރުވެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ވަމީ ތޫނުއެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލާފައެވެ.

ފުލުހުން މާލެ ތެރެ ބަލަހައްޓަމުން އަންނަ އިރު މި ހާދިސާ އާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.