ލ. އަތޮޅު ލިންކް ރޯޑްފައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލ.ގަމުގައި ހިނގި މިއެކްސިޑެންޓްގައި ނިޔާވެފައި ވަނީ ލ.ގަމު މުކުރިމަގު އަވަށުގެ އުމުރުން 66 އަހަރުގެ އަބްދުލްސައްތާރު މުހައްމަދު އެވެ.
އެކްސިޑެންޓް ހިނގި ސައިކަލްގައި އިނީ އަބްދުއްސައްތާރު ދީދީ އެކަންޏެވެ. އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓްގައި ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ލ. ގަމު ލިންކު ރޯޑްގައި މި އެކްސިޑެންޓް ހިނގާފައި ވަނީ އަބްދުލްސައްތާރު ދުއްވާފައި ދިޔަ ސައިކަލު، ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.
ލ.ގަމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަބްދުލްސައްތާރު ދުއްވާފައި ދިޔަ ސައިކަލު ގޮސް ޖެހުނު ޕިކަޕް އޮތީ ވަރަށް އަނދިރި ސަރަހައްދެއްގައި ކަމަށާއި، އެހެންވެ ޕިކަޕު ނުފެނުނީ ކަމަށް ބެލެވޭ ކަމަށެވެ.