Last Updated: July 27, 13:22
Monday, July 27, 2026
ޚަބަރު

ރިޔާސީ ބަޔާން އިއްވުން މާދަމާ

ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މާދަމާ ރިޔާސީ ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މާދަމާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ރިޔާސީބަޔާން އިއްވަވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވާ އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.