އަކްޝޭ ކުމާރްގެ އެންމެ ފަހުގެ ފިލްމް 'ޓޮއިލެޓް: އޭކް ޕްރޭމް ކަތާ' އަންނަ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނިކޮށް އެ ފިލްމް ވަނީ އިއްޔެ އިންޓެނެޓްގައު ލީކްވެއްޖެ އެވެ.
ޝްރީ ނާރަޔަން ސިންގް ޑައިރެކްޓް ކޮށްފައިވާ އެ ފިލްމް ލީކް ވެފައިވާ ޚަބަރު މީޑިއާގައި ފެތުރުމާ އެކު އަކްޝޭ ކުމާރާއި ފިލްމްގެ ޕްރޮޑިއުސަރު ކަމަށްވާ ޕްރޭރްނާ އަރޯރާ ވަނީ ހުރިހާ ކަމެއް މިހާރު ހަމައަކަށް އެޅުވިފައިވާ ކަމަށް ބުނެފަ އެވެ.
ޕްރޭރްނާ ވަނީ ވަރަށް ޔަޤީންކަމާ އެކު އެވާހަކަ ހާމަކޮށް، އިއްޔެގެ ވަގުތެއްގައި ރަސްމީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުން ބަޔަކު ވަނީ އޭނާގެ ފިލްމް ރިލީޒް ކުރުމުގައި މައްސަލަތައް ކުރިމަތިކުރުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، އެހެންނަމަވެސް ކްރައިމް ބްރާންޗްގެ އެހީތެރިކަމާއި އެކު މިހާރު ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އެ ފިލްމްލީކް ކޮށްލަން ކުރި މަސައްކަތް ކުށްވެރިކޮށް ގިނަ ސަޕޯޓަރުން ވަނީ އެއްބާރުލުން ދީފައެވެ. މީގެ އިތުރުން އަރްޖުން ކަޕޫރް، ވަރުން ދަވަން، ޕަރިނީތީ ޗޯޕްރާ އަދި ނީލް ނިތިން މުކޭޝް ފަދަ ތަރިން ވެސް ވަނީ އެކަމާއި ދެކޮޅަށް ކޮމެންޓްކޮށްފައެވެ.
އަކްޝޭ އަދި ނޭރަޖް ޕާންޑޭ ކޯ-ޕްރޮޑިއުސް ށްފައިވާ އެ ފިލްމްގައި ލީޑް ރޯލުން ބޫމީ ޕެޑްނޭކަރް ވެސް ފެނިގެން ދާނެ އެވެ.
'ޓޮއިލެޓް: އޭކް ޕްރޭމް ކަތާ' ރަސްމީކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ.