މިދިޔަ އަހަރުގެ ރިލީޒުކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ސަލްމާން ހާންގެ "އެކް ތަ ޓައިގާ" ޖަޕާނުގެ ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެހިއްްޖެ އެވެ.
މިކަން ފިލްމްގެ ޑައިރެކްޓަރު ކަބީރު ހާން މިއަދު ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ. އޭނާގެ ޓްވިޓާގައި ބުނެފައި ވަނީ "އެެކް ތަ ޓައިގާ" ޖަޕާނުގައި ދެއްކުމަށްޓަކައި މިރޭ ޖަޕާނަށް ފުރާނެ ކަމަށެވެ.
ކަބީރު ބުނީ ސަލްމާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅެފައިވާ "އެކް ތަ ޓައިގާ" ޖަޕާނުގެ ބިޑެތި ސިޓީތަކުގެ ސިނަމާތަކުގައި ދައްކާނެ ކަމަށެވެ. އެގޮތުން ފިލްމް ޕްރޮމޯޓްކޮށް އިންޓަވިއުތައް ދިނުން ފަދަ އިވެންޓްތައް ޓޯކިއާ، އޮސާކާ އަދި ކިއޯޓާ ފަދަ ސިޓީތަކުގައި ކުރިއަށް ގެންދަން ވެސް ނިންމާފައިވާ ކަަމަށް ކަބީރު ބުންޏެވެ.
ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ "އެކް ތަ ޓައިގާ" ވަނީ އިންޑިއާގައި ދައްކައިގެން 200 ކްރޯޑް ރުޕީސް ހޯދަައިފަ އެވެ.
މި ފިލްމްގައި ދައްކުވައި ދެނީ އިންޑިއާގެ ރޯ އެޖެންޓަކާއި ޕާކިސްތާން ޖާސޫސީ އިދާރާގެ އެޖެންޓާ ދެމެދު ހިނގާ ލޯބީގެ ހާދިސާތަކެވެ.
ދުނިޔޭގެ ނުވަ ވަރަަކަށް ގައުމުގެ ހިތްގައިމު ސިޓީތަކުގައި ޝޫޓްކޮށްފައިވާ "އެކް ތަ ޓައިގާ" ގައި ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ވަރުގަދަ އެކްޝަން މަންޒަރުތައް ވެސް ހިމެނެ އެވެ.