Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފާރިސްގެ ޝަރީޢަތް އަޑު އައްސަވަން މައުމޫން ކޯޓަށް

ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިސް މައުމޫންގެ ޝަރީޢަތް އަޑު އައްސަވަން ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ޤައްޔޫމް ކްރިމިނަލް ކޯޓަށް ވަޑައިގެންފި އެވެ.

މިއީ، ޝަރީޢަތެއް އަޑު އެއްސެވުމަށް ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ދައުލަތުން ފާރިސްގެ މައްޗަށް ދައުވާ ކުރަނީ ޝަހްސް އޮޅުވާލުމުގެ ދައުވާއެކެވެ. އެ ދައުވާ އުފުލާފައި ވަނީ، އިދިކޮޅު ފަރާތްތަކުން މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.