Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ހިޔާނާތުގެ މައްސަލައެއްގައި ހިތަދޫ މީހަކު ހޯދަނީ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ޙިޔާނާތުގެ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލާގައި ހޯދަނީ ހިތަދޫ މާދޫގޭ އިބްރާހީމް ލަޠީފް،30، އެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާ ކުރަން އެދޭ ކަމަށެވެ.