އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބާއްވުމަށް ހަމަޖެހިފަިވާ އެއްވުން ބޭއްވުމުގެ ކުރިން އެއީ "ޣައިރު ޤާނޫނީ" އެއްވުމެއް ކަމަށް ފުލުހުން ކަނޑައަޅައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެވެ.
ޝިފާން ވިދާޅުވެފައި ވަނީ، މާދަމާ މާލޭގައި ބާއްވަން އުޅޭ އެއްވުމަކީ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވުމެއް ނޫން ކަމަށާއި އެ އެއްވުމުގައި ބައިވެރިވުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ޝިފާން މިހެން ވިދާޅުވެފައިވާއިރު، އެއްވެ އުޅުމާއި ސުލްހަވެރި ގޮތުގައި ސިޔާސީ ހަރަކާތް ހިންގުމަކީ، ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ.