މާދަމާ ހެނދުނު ވަކި ވަގުތެއްގައި 'ރާއްޖެ ޓީވީ' އާއި 'ވީޓީވީ' ގެ ސްޓޭޝަން ހިންގާ އިމާރާތްތައް ހުންނަ ސަރަހައްދުތަކުން ކަރަންޓް ކަނޑާލާ ގޮތަށް ހަމަޖެހިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯ އިން ވަނީ، މާދަމާ ހެނދުނު 9:30 އިން 11:00 އަށް "ވީޓީވީ" އާއި "ރާއްޖެޓީވީ" ގެ ސްޓޭޝަން ހިންގާ އިމާރާތް ހުންނަ ސަރަހައްދުތަކުން "ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ކުރުމަށް" ކަރަންޓް ކަނޑާލަން ޖެހޭތީ އެކަމުގެ ނޯޓިސް ފޮނުވާފައެވެ.
Maadhamaa Hama eygadeega current ves dhanee yo ?@AhmedMahloof @MohamedAmeeth @MariyaDidi @yumna_maumoon pic.twitter.com/pP3X9nUhbh
— ahmed hameed adam (@hamydadam) July 23, 2017
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ، އިންޖީނުތަކެއްގެ މަރާމާތު ކުރުމަށް ކަމަށާއި، އެ މަސައްކަތް ނިމުނުހައި އަވަހަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
'ރާއްޖެޓީވީ' އާއި 'ވީޓީވީ' ހިންގާ އިމާރާތް ހިމެނޭ ސަރަހައްދުން، މަރާމާތަކަށް ކަރަންޓު ކަނޑާލާ ގަނޑި އަކީ، އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ގަނޑިއެވެ.
މީގެ އިތުރުން ބްރޯޑްކާސްޓް ކޮމިޝަނުން ވަނީ، ފުލުހުންގެ ހުއްދަ ނެތި، ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ބްރޯޑްކާސްޓު ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.