Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މެމްބަރުންނަށް ނުވަދެވޭ ގޮތަށް މަޖިލީހުގެ އިދާރާގެ ގޭޓްގައި ތަޅު އަޅުވައިފި!

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މަޖިލިސް މެންބަރުންނަށް ވެސް ނުވަދެވޭ ގޮތަށް ތަޅު އަޅުވައިފި އެވެ.

މަޖިލީހުގެ އިދާރާގައި ތަޅު އަޅުވައި މަޖިލިސް މެންބަރުންނަށް ވެސް ނުވަދެވޭ ގޮތަށް ހަދާފައި ވާއިރު މިއީ މިހާތަނަށް މަޖިލީހުން މިގޮތަށް އަމަލު ކުރި ފުރަތަމަ ފަހަރެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މަޖިލީހަށް އެއްވެސް މެންބަރަކު ނުވެއްދުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނަށް ވަނީ އަންގާފައެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން އާންމުގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.