Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފުލުހުންގެ ފުރާނަ ވަކިކޮށްލައިގެން ނުވާނެ: ސީޕީ

ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރަން ނިކުމެ އުޅުމުގެ ތެރޭގައި ހިނގާ ނުރައްކާތެރި ކުރިމަތިލުންތަކުގައި ފުލުހުންގެ ފުރާނަ ވަކިކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވެއްޖެ އެވެ.

އަރީފް މިހެން ވިދާޅުވީ، އިއްޔެ ހެނދުނު އިސްކަންދަރު ކޮށީގައި، "ޕޮލިސް މެމޯރިއަލް ޑޭ" މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަރީފް ވިދާޅުވި ގޮތުގައި ފުލުހުންގެ ފުރާނަ ވަކިކޮށްލުމުގެ ސަބަބުން، ދަރިން ޔަތީމުވެ، އަނބިން ހުވަފަތްވެ، މައިން އެކަނި ވެފައިވާ ކަމަށާއި އެފަދަ ކަންތައް ތަކުރާރު ވިޔަނުދިނުމަށް ވިސްނަންޖެހޭ ކަމަށެވެ.

ފުލުހުންގެ ހިތްވަރާއި ކެރުމައި މަސައްކަތުގެ ޤާބިލުކަމަށް ފަޚުރުވެރިވާ ކަން ފާހަގަކުރައްވައި އަރީފް ވަނީ ފުލުހުންނަށް ގަސްތުގައި ގެއްލުންދޭ ފަރާތްތަކާއި އެފަރާތްތަކުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ

އަދި ފުލުހުންނަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަތައް އަވަސްކޮށްދެއްވާ އެފަރާތްތަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް އަރީފް ވަނީ ގޮވާލައްވާފައެވެ.