ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ސ. ހިތަދޫ ޤުރައިޝާ މަންޒިލް، ޢުބައިދުﷲ ޙަސަންގެ މައްޗަށެވެ.
ޢުބައިދުﷲ ޙަސަންގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ދިނުމަށް ތަކުރާރުކޮށް އެންގުމުން ކުޑަކަމުދާ ތަކެތި ކަނޑައެޅިގެން ނުދޭނެ ކަމަށް ބުނެ އިންކާރު ކުރި މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.