ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސިފައިން ތަޅު އަޅުވައި އެތަނަށް ނުވަދެވޭނެހެން ބަންދުކޮށްފައިވާތީ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ކުއްލި ބައްދަލުވުމެއް ކުނޫޒުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.
މަޖްލިސް ކުރާ ގޭގެ ގޭޓްގައި ތަޅުއަޅުވައި ބަންދުކޮށްފައި މިވަނީ މިއަދު މަޖްލިސްގެ ޖަލްސާއެއް ބާއްވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.
މި ބައްދަލުވުން ކުރިއަށްދާ އިރު މަޖްލިސްގެ 34 މެމްބަރަކު ވަނީ ބައްދަލުވުމުގައި ބައިވެރިވެޑައިގެންފައެވެ.