Last Updated: June 24, 13:54
Wednesday, June 24, 2026
ޚަބަރު

އެސްއޯ ފުލުހުން ކުނޫޒު ކައިރީ ހަރަކާތްތެރި ވަނީ

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކުއްލި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ކުރިއަށް ގެންދާއިރު ކުނޫޒު ހިމެނޭ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި އެސްއޯ 10 ވަރަކަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެސަރަހައްދު ކަވަރު ކުރަމުންދާ ނޫސްވެރިން ޕޭވްމަންޓް މައްޗަށް އެރުމަށް ފުލުހުން ދަނީ އަންގަމުންނެވެ.

ކުނޫޒުގައި މިވަގުތު މަޖްލިސްގެ 34 މެމްބަރުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ ކުނޫޒު ސަރަަހައްދަށް ނުވަދެވޭނެ ހެން ވަނީ ބަންދުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ފުލުހުންނާއި ސުވާލު ކުރައްވާފައެވެ. ނަމަވެސް ފުލުހުން އެބޭފުޅުންނަކަށް ޖަވާބެއް ނުދެއްވައެެވެ.