ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ތިއްބެވި މަޖްލިސް މެމްބަރުން ކުނޫޒުން ނިކުތުމާ އެކު މަގު ބަންދުކޮށް ފުލުހުން ހުރަސް އަޅައިފި އެވެ.
ފުލުހުން ވަނީ މަގު ބަންދުކޮށް މެމްބަރުން ކުރިއަށް ވަޑައިނުގަނެވޭހެން ބަންދުކޮށްފަ އެވެ.

ފުލުހުން ވަނީ ކުނޫޒު ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް ބަންދުކޮށް މަޖްލިސް މެމްބަރުން އެ ސަރަހައްދުން ބޭރު ނުވެވޭނެހެން ހިސޯރުކޮށްފައެވެ.

ފުލުހުން ވަނީ އެމްޑީޕީ އޮފީސް ހުންނަ ސޯސަން މަގަށް އެއްވި މީހުންގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި މުޒާހަރާ ރޫޅާލަން މަސައްކަތް ކުރަމުން.
ތަފްސީލް އަންނަނީ…