Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ބައެއް މެމްބަރުން ފާރުމަތިން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މިއަދު ހުރަސް އަޅައި، މަޖިލީހުގެ ގޭޓްތަކުގައި ސަލާމަތީ ބާރުތަކުން ތަޅު އަޅުވާފައި ވަނިކޮށް، ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން މަޖިލިހުގެ އިދާރާގެ ފާރުމަތިން އަރައި މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގެންފި އެވެ.

ފުލުހުން ހުރަސް އަޅަމުން ދަނިކޮށް މިކަން ކުރުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާ ވެސް ވެފަ އެވެ.

އަދި ފުލުހުން ވަނީ މެމްބަރުންގެ ގަޔަށް ޕެޕަ ސްޕްރޭ ވެސް ޖަހައިފަ އެވެ.

މިކަމުގެ ތެރޭގައި ބައެއް އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާތައްވެގެން ބައެއް މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި މިހާރު ފަރުވާ ވެސް ދެމުންނެވެ.