Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މަޖިލީހުގެ ތެރެއަށް ވަން މެމްބަރުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ފުލުހުން ހުރަސް އަޅާފައިވަނިކޮށް ގަދަކަމުން ވަތް މެމްބަރުން މަޖިލީހުގެ ތެރެއިން ގަދަކަމުން ނެރެން ދިވެހި ފުލުހުން ފަށައިފިއެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ތެރޭގައި ތިއްބަވަނިކޮށް ގަދަކަމުން ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ މަޖިލީހުގެ ތެރެއިން ނެރެފައެވެ.

މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އައްޔަން ކުރެވިފައިވަނީ ގައުމީ ދިފާއީ ބާރަށް ކަމަށްވާއިރު މިއަދު ފުލުހުން މަޖިލީހުގެ ތެރެއަށް ވަދެފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށްބުނެ ސޯޝަލް މީޑިޔާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.