ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކަމިޝަނުން ކަނޑައެޅި މައްސަލަ ސްޕްރީމް ކޯޓަށް ބަލައި ގަންނަން ނިންމައިފި އެވެ.
ލަޠީފް ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ނިންމި ކަމުގެ ލިޔުން ވަނީ ލަޠީފް އާއި ހަވާލު ކުރައްވާފައެވެ. އެ ލިޔުމުގައިވާ ގޮތުން މައްސަލަ 3 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅުއްވަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ވިދާޅުވީ މައްސަލަ ބަލައި ގަންނަން ސްޕްރީމް ކޯޓުން ނިންމި ނިންމުމަމަކީ މި މައްސަލާގައި ކޮންމެވެސް އަސްލެއްވާކަން ކޯޓަށް ގަބޫލް ކުރެއްވޭތީ ނިންމި ނިންމުމެއްކަމަށެވެ. އަދި މައްސަލަ ބައްލަވައި އެކަމަށް އަވަށް ގޮތެއް ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ދިއްދޫ ދާއިރާގެ ގޮޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅުމާއި އެކު އެދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަނުން ވަނީ އިއްލާން ކުރައްވާފައެވެ.