ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންނަށް 452.9 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.
އެގޮތުން އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، ދިރާގުން މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް ބަހަން ނިންމާފައި ވަނީ 5.96 ރުފިޔާ ކަމަށާއި، އަހަރުގެ މެދުތެރޭގައި ބަހާ ފައިދާ ލިބޭނީ ޖުލައި 29 ގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އިންޓަރިން ޑިވިޑެންޑްގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައަޅާފައި ވަނީ މި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށް، ޑިރެންޓަރުންގެ ބޯޑަށް ދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ.