ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު މަޖްލިސްއަށް ދިއުމަށް ކުނޫޒުން ނިކުތް ވަގުތު ފުލުހުން މަގު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލި މެމްބަރުންގެ މައްސަލަ ތަހްގީގު ކުރާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފުލުހުންގެ ސަފުތައް ފަޅާލާ ކޯޑަން ކޮށްފައިވާ ހިސާބަށް މެންބަރުން ވަނީ މިއަދު މަޖިލީހުގެ ޖަލްސާ ވެސް ނޯންނާނެ ކަން އިއުލާންކޮށްފައިވަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ ކޯޑަން ފަޅާލި މެމްބަރުންގެ ތަހްގީގު ކުރަމުން އަންނަކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަޖްލިސްގެ އިދާރާތެރެއަށް ވަދެވަޑައިގަންފައެވެ. ނަމަވެސް ފުލުހުންނާއި އަދި ރަޔަޓް ގިޔަރުގައި ތިބި ސިފައިން ވަނީ މަޖްލިސް މެމްބަރުން މަޖްލިސް އިދާރާއިން ބޭރަށް ނެރެފައެވެ.
އެސްއޯ ފުލުހުން މަޖްލިސް ކުރާގެއަށް ވަނުމުން އެއީ ގާނޫނާއި ހިލާފް އަމަލެއް ކަމަށް ތަކުރާރު މަޖްލިސް މެމްބަރުން ދިޔައީ އެފަރާތްތަކަށް ހަނދުމަކޮށްދެމުންނެވެ.