Last Updated: June 11, 13:58
Thursday, June 11, 2026
މުނިފޫހިފިލުވުން

"ވަން ބައި ޓޫ" ގައި އަބޭ އާއި ޕްރިތީ

ސްކްރީން ރައިޓަރު ދޭވިކާ ބަގަތުގެ ފުރަތަމަ ޑައިރެކްޝަން "ވަން ބައި ޓޫ" ގެ ލީޑް ރޯލަށް އަބޭ ޑިއޯލް އާއި އޭނާގެ ލޯބިވެރިޔާ ޕްރިތީ ދެސާއީ ހަމަޖައްސައިފި އެވެ.

ލޯބީގެ ވާހަކައަކަށް އަބޭގެ ހޯމް ޕްރޮޑަކްޝަނުން އުފައްދާ "ވަން ބައި ޓޫ" ގެ ޝޫޓިން އެޕްރީލް މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯން، ބިޕާޝާ ބާސޫ އަދި މިނިޝާ ލަމްމާ ލީޑް ރޯލް ކުޅުނު "ބަޗްނާ އޭ ހަސީނޯ" އާއި އަބޭ ލީޑް ރޯލް ކުޅުނު "މެނޮރާމާ ސިކްސް ފީޓް އަންޑާ" އާއި ސޯނަމް ކަޕޫރާއި އަބޭ ލީޑް ރޯލުން ފެނިގެން ދިޔަ "އައިޝާ" ގެ އިތުރުން މަރުހޫމް ޔާޝް ޗޯޕްޅާގެ އެންމެ ފަހުގެ ފިލްމް "ޖަބް ތަކް ހެ ޖާން" ގެ ސްކްރީން ޕްލޭ ވެސް ތައްޔާރު ކުރި ފަންނާނެވެ.

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ނިކުތް ޖޯން އަބްރަހަމް އާއި ޗިތުރަންގަދާ ސިންގްގެ އިތުރުން ޕްރަޗީ ދެސާއީ ލީޑް ރޯލުން ފެނިގެންދާ "އައި، މީ އޯރް މޭ" ގެ ސްކްރީން ރައިޓަރަކީ ވެސް ދޭވިކާ އެވެ.