Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ފަރުވާ އަށް ފަހު ގާސިމް ގެއަށް ބަދަލުކޮށްފި

ފޮޓޯ - އަވަސް

ގާސިމް އިބްރާހިމް ފަރުވާ އަށް ފަހަށް އޭޑީކޭ ހޮސްޕިޓަލުން ދޫކޮށް މިއަދު ގެއަށް ބަދަލުކޮށްފި އެވެ.

މޭމައްޗަށް ތަދުވުމާއި ނޭވާލުމަށް އުނދަގޫ ވެގެން މިމަހުގެ 16 ވަނަ ދުވަހު ކުއްލި ގޮތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އައި ގާސިމް މިއަދު ދޫކޮށްލި ނަމަވެސް ގާސިމްގެ ސިއްހީ ހާލު އަދި ރަނގަޅުވެފައިވާ ކަމެއް ކަށަވަރު ނުވެ އެވެ.

ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ގާސިމް އިތުރު ފަރުވާއަށް ލަންކާއަށް ދިއުމަށް އެދުމުން ސަރުކާރުން ވަނީ ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުމުގެ ފުރުސަތު ނުދީފަ އެވެ.

ގާސިމްގެ ޑޮކްޓަރުންނާ ހަވާލާދީ އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވެފައި ވަނީ ރާއްޖޭން ހެދެން ނެތް ސްކޭނެއް ހަދަން ޖެހޭ ކަމަށެވެ.

ނަމަވެސް ސަރުކާރުން ވަނީ ދެވަނަ ފަހަރަށް އާއިލާއިން އެދުމުންވެސް އެކަން ފުރިހަމަ ކޮށްދިނުމަށް ދެކޮޅު ހަދައިފަ އެވެ.