Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ރީތި ހަންގަނޑެއް ބޭނުން ނަމަ މިކަންކަން ކޮށްލަން ޖެހޭ!

1. މޭކަޕް ފޮހުން

މޭކަޕް ނުފޮހެ ނިދަން ދިއުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މޫނުން އެއްވެސް އެތިކޮޅެއް ނުބަހައްޓައި މޭކަޕް ފޮހުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އޭގެ ސަބަބުން ހަންގަނޑަށް ނޭވާލެވި، ޒިޓްސް ފަދަ އިންފެކްޝަންތަކުން ދުރުހެލިވާތީ އެވެ. މޭކަޕް ފޮހުމަށް ބޭނުންކުރާ ސާމާނުތަކަކީ ވަރަށް ގިނަ ކޮސްމެޓިކް ވިއްކާ ފިހާރަތަކުން ލިބެން ހުންނާނެ އެއްޗެއްސެވެ.

2. ސާފު ކުރުން

މޭކަޕް ރިމޫވާ އެއް ބޭނުންކޮށްލުމުން މުޅި މޫނު ރަނގަޅަށް ސާފުވެދާނެއޭ އެއްގޮތަކަށްވެސް ހީނުކުރާށެވެ. އެމީހެއްގެ ހަމާއި ގުޅޭ ރަނގަޅު ފޭސް ކްލެންސާއެއް ގަންނާށެވެ. އަދި މޭކަޕް ފޮހުމަށްފަހު ވެސް އެ ކްލެންސާ ބޭނުންކޮށްގެން މޫނު ރަނގަޅަށް ދޮންނާށެވެ. އޭގެ ސަބަބުން ހަމުގައި ހުންނަ ބާތަކުން ތެލާއި މިލަ ފިލައިގެންދާނެ އެވެ.

3. މޮއިސްޗުރައިޒް ކުރުން

ނައިޓް ކްރީމް އަކީ ބޭނުންކުރުން ވަރަށް މުހިންމު އެއްޗެކެވެ. އެއީ ހަންގަނޑު ހައިޑްރޭޓްކޮށްދީ، ނަރިޝްކޮށް ދިނުމުގެ އިތުރުން ހަލާކުވެފައިވާ ސެލްތައް މަރާމާތުކޮށްދޭ އެއްޗެކެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ނިދަން ދިއުމުގެ ކުރިން ރަނގަޅު މިންވަރަކަށް ނައިޓް ކްރީމް މޫނުގައި ހާކާށެވެ. ނައިޓް ކްރީމް އަކީ ޑޭ ކްރީމްތަކާއި ތަފާތު އެއްޗެއްކަން ހަނދާނުގައި ބަހައްޓާށެވެ.

4. އަންޑާ އައި ކްރީމް

ލޮލުގެ ތިރީގައި ހުންނަ ހަމަކީ ހަށިގަނޑުގައި ހުންނަ އެންމެ ތުނި ހަމެވެ. އެހެންކަމުން އެ ހަމަށް ވަރަށް ޚާއްސަ އަޅާލުން ބޭނުންވާނެ އެވެ. އެގޮތުން އައި ކްރީމް ބޭނުން ކުރުމުގެ ސަބަބުން ލޯކައިރި ކަޅުވުމުން ދުރުހެލިކޮށްދޭނެ އެވެ. މީގެ އިތުރުން ވެސް އައި ކްރީމް އަކީ ލޮލުގެ ތިރީގައި ވާ ހަންގަނޑު ހައިޑްރޭޓްކޮށްދީ، ރޫޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ.

5. ފޭސް މާސްކް

އެމީހެއްގެ ހަންގަނޑާއި ގުޅެ ފޭސް މާސްކެއް ހަފްތާއަކު އެއް ފަހަރު ނުވަތަ ދެފަހަރު ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ހަންގަނޑު އޮމާންވެ، އަލިވާނެ އެވެ.

6. ނިދުން

ދުވާލަކު 7-9 ގަޑިއިރަށް ނިދުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ދުޅަހެޔޮކޮށް ކެއުމާއި ރަނގަޅު ފުރިހަމަ ނިދި ލިބުމަކީ ވަރަށް މުހިންމު ދެކަންތަކެވެ. އެއީ ނިދާފައި އޮންނަ ވަގުތަކީ ހަންގަނޑު ރީވައިޓަލައިޒްވެ އަނެއް ދުވަހަށްޓަކައި ތައްޔާރުވާ ވަގުތުކޮޅު ކަމުގައި ވާތީ އެވެ.