Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ފުލުހުންތަކެއް ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގި ހާދިސާއާ ގުޅިގެން 20 ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ މީޑިޔާގައި ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ފުލުސް އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 20 ފުލުހަކު ހައްޔަރުކޮށްގެން އުޅޭ ކަމަށް މީޑިޔާގައި ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ފުލުހުންނާއި ސިފައިން ހުރަސްއަޅާފައިވާއިރު މަޖިލީހުގެ ތެރެއަށް ފުލުހުން ވަނީ ވަނުމަށްފަހު އެތެރޭގައި ތިބި މެމްބަރުން ގަދަ ބާރުން ބޭރަށް ނެރެލާފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ފުލުހުންގެ މިއަމަލު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ ފުލުހުން މަޖިލީހަށް ވަދެފައިވަނީ ސިފައިން އެހީތެރިކަމަށް އެދުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.