Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މަޖިލީހަށް ވަންނަން ހުރަސް އެޅީ ސަރުކާރުންކަން ހާމަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސް އަޅާފައި ވަނީ ސަރުކާރުން އަންގައިގެން ކަން ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނުން ހާމަވެއްޖެ އެވެ.

އިނގިރޭސި ބަހުން ފުލުހުން ނެރެފައިވާ ނޫސްބަޔާނަކީ، މިއަދު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު މަޖިލިސް ވަށައިގެން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވެންނެވި މެމްބަރުންގެ މައްސަލަ ތަހުޤީގު ކުރަމުން ގެންދާ ކަމަށް ބުނެ ނެރުނު ބަޔާނެކެވެ.

މިރޭ ފުލުހުންގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، "ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް މެމްބަރުން ވަނުމަށް ދިވެހި ސަރުކާރުން ހުރަސް އަޅާފައި ވަނީ، 24 ޖުލައި 2017 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމާއި ގުޅިގެން" ކަމަށެވެ.

ފުލުހުން މިއަދު މަޖިލިސް މެމްބަރުންނަށް ހުރަސް އަޅުއްވާފައި ވާއިރު ފުލުހުންގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން ޖިނާއީ ކުށެއްގެ ދައުވާ އުފުލޭނެ ކަމަލެއް ކަން ފާހަގަކޮށްލެވެއެވެ.